Close
ޚަބަރު

ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބެއްގައި ފިރިމީހާގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

ރިފާ ހަލީލު

މާލޭގެ ގެއެއްގެ ތެރޭގައި ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބެއްގައި ފިރިހެން މީހާގެ ކަރަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު ވިދާޅުވީ މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށެވެ.

އޮފިސަރު ވިދާޅުވީ އެކަމާ ގުޅިގެން އިތުރަށް ކަންކަން ބަލަމުން އަންނަ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިންނެވެ. އެ ދެމީހުން ޒުވާބުކުރީ ކޮން ކަމަކާކަމެއް ނޭނގެއެވެ.

ޒުވާބު ހޫނުވެ ފިރިހެން މީހާގެ ކަރަށް ހަމަލާދިނީ އަންހެން މީހާއެވެ.

ދާދިފަހުން މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލާފައި އޮއްވައި ވަނީ ފެނިފައެވެ. ޝިއާއު މުހައްމަދު ސައީދު، 22އ މަރާލި މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23އ، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓުގެ ތެރެއިންނެވެ.