ކުރީގެ ސަރުކާރުގައި އަތޮޅުތެރޭގެ ރަށްތައް ބާކީކޮށްފައި އޮތީ، މާލެއަށް މީހުން ތޮއްޖައްސަން ގެންގުނު ސިޔާސަތެއްގެ ސަބަބުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މ. ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވީ، މާލެއަށް ރާއްޖޭގެ އާބާދީގެ 70 ޕަސެންޓް ޖަމާކުރެއްވުމަކީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ވިސްނުންފުޅު ކަމަށާއި އަދި އެގޮތަށް ވިދާޅުވެފައިވާ ކަމަށެވެ.
"މާލޭ ސަރަހަށްދަށް ރާއްޖޭގެ 70 ޕަސަންޓް މީހުން ޖަމާވީމާ އެހެން ރަށްރަށުގައި އުޅޭނެ ބަޔަކު ނުތިބޭނެ. އަދި މިދިޔަ ސަރުކާރުން އަތޮޅުތެރޭގެ ރަށްރަށަށް އަޅާނުލެވި ގޮސްފައިވަނީވެސް މި ދެންނެވި ސިޔާސަތުގެ ސަބަބުން" އަސްލަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮވިޑްގެ ހާލަތާއެކުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް މެދުނުކެނޑި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ތަރައްގީކުރުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު