މިއަހަރުގެ އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމެންޓް ފެއާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

ދިރާގުން ބުނީ، ސިންގަޕޫރު ކުންފުންޏެއް ކަމަށްވާ ނިއު މިލޭނިއަމް ކޮންސްޕްޓްއިން އިންތިޒާމުކޮށްގެން ބާއްވާ އެ ފެއާ އޮންނާނީ އަންނަ ހަފުތާ ބަންދުގައި ކަމަށެވެ.

އެ ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްއެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ޕްލޭސްމެންޓް ފެއާގެ ހަވަނަ އެޑިޝަނެވެ.

އެ ފެއާ މެދުވެރިކޮށް ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ ދަރިވަރުންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޔުނިވާސިޓީ، ކޮލެޖް، އަދި ޕޯސްޓް ސެކަންޑްރީ ތައުލީމުދޭ މަރުކަޒުތަކުގައި ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި ޕްލޭސްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތު ލިބެން ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން ދިރާގުން މުޅި ފެއާގައި ޑިޖިޓަލް އެހީތެރިކަމާއި ކަނެކްޓިވިޓީ ފޯރުކޮށްދޭނެއެވެ.