މަސްދަރު ހާމަކުރުމުގެ ބާރު ހައިކޯޓަށް ލިބޭ ގޮތަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓާސް ގިލްޑުން ބިލެއް އެކުލަވާލައިފިއެވެ.
އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ވަނީ ހެއްކާ ބެހޭ ބިލުގެ މަސްދަރު ހާމަކުރުމުގެ މާއްދާއަށް ގެންނަން ބޭނުންވާ އިސްލާހުތައް ހިމަނައި ބިލެއް ޑްރާފުޓުކޮށް، އެ ޑްރާފުޓް ބިލަށް ނޫސްވެރިންނާއި އާންމުންގެ ހިޔާލު ހޯދުމަށް މިއަދު ހުޅުވާލައިފައެވެ.
އެ ޑްރާފުޓުގައިވާ ގޮތުން މީޑިއާއެއްގައި މަސައްކަތްކުރާ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބޭ މައުލޫމާތު ލިބިފައިވަނީ މަސްދަރު ހާމަނުކުރާނެ ކަމުގައި ވެފައިވާ ވައުދެއް ނުވަތަ ދީފައިވާ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން ފަރާތެއްގެ ރުހުމާނުލައި، އެފަރާތުން ހާމަކޮށްދޭ ނުވަތަ ހާމަވުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ހިއްސާކުރުމަށް އެ މީޑިއާގައި މަސައްކަތްކުރާ ފަރާތެއްގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް އެއްވެސް ފަރާތަކުން މަޖުބޫރު ނުކުރެވޭނެއެވެ.
އެގޮތުން މަސްދަރު ހާމަކޮށްފައިވާ މައުލޫމާތު ހިމެނޭ ނޫސްވެރިޔާ ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯންކޯލާއި ޓެކްސް މެސެޖް ފަދަ މުއާމަލާތްތަކާއި އަރުޝީފް އަދި އެނޫންވެސް އެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗަކާއި ގޮތްތަކެއްވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ޑްރާފުޓުގެ ފުރަތަމަ މާއްދާގައި އެގޮތަށް ބަޔާންކޮށްފައި އޮތަސް، ޓެރަރިޒަމްގެ ކުށެއްގައި މަސްދަރު ހާމަކުރުމަށް އެދި ކޮމިޝަނާ އޮފް ޕޮލިސް ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލް ސޮއިކޮށް ހައި ކޯޓުގައި އެދެވިދާނެއެވެ.
- ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން
- ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކް ކުރުން
- މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން
- އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން
- ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން
- މުދަލަށް ބޮޑެތި ގެއްލުން ދިނުން
- މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން
މަސްދަރު ހާމަކުރުމަށް ހައި ކޯޓުން ކަނޑައަޅާއިރު ރިއާޔަތް ކުރަންވީކަންތައް ވެސް ޑްރާފުޓުގައި ވަނީ ބަޔާންކޮށްފައެވެ. އެއީ
- މަސްދަރު ހާމަކޮށްފިނަމަ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު
- މަސްދަރު ހާމަކުރުމަކާނުލައިވެސް ތަޙުގީގީ އެހެން ވަސީލަތްތައް ބޭނުންކޮށްގެން ކަމުގެ ހަގީގަތް ހޯދޭނެތޯ
- މިހެން މަސްދަރު ހާމަކުރަން ޖެހޭތޯ
- މަސްދަރު ހަމާނުކޮށްފިނަމަ ނުކުންނާނެ ނޭދެވޭ ނަތީޖާ
ޚަބަރު
ޚަބަރު
ޚަބަރު