އޯ ލެވެލް އާއި އޭ ލެވެލްގެ ދުނިޔޭގެ އެއްވަނައިގައި ރާއްޖޭގެ 37 ދަރިވަރުން ހިމެނިއްޖެއެވެ.

މިދިޔަ އަހަރުގެ މެއި/ޖޫންގައި ބޭއްވި އޯ ލެވެލް އިމްތިހާނު ވަނީ 5،955 ދަރިވަރަކު ބައިވެރިވެފައެވެ. އޭގެ ތެރެއިން 757 ދަރިވަރުން ވަނީ ގަދަ 10 ގައި ހިމެނިފައެވެ. 28 ދަރިވަރަކު ވަނީ ހުރިހާ މާއްދައިން އޭ ސްޓާ ހޯދައިފައެވެ.

އެ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 13 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެކި ވަނަތައް ހޯދައިފައެވެ. ވަކި ވަރަކަށްވުރެ މަތިން މާކްސް ހޯދައިގެން ހަ ދަރިވަރަކަށް ހައި އެޗީވްމަންޓް އެވޯޑު ލިބިފައިވާއިރު، ދެ ދަރިވަރަކަށް ވަނީ ދުނިޔެއިން އެއްވަނަ ލިބިފައެވެ.

  • ސުލަފް މޫސާ ލަތީފު - ޓްރެވެލް އެންޑް ޓޫރިޒަމް
  • އިނގިރޭސި މާއްދާއިން: މުހައްމަދު ނާއިލް - އިނގިރޭސި
  • އަހުމަދު އަހުޝަމް އާދިމް - އެކައުންޓިން
  • އަހުމަދު ރަސަލް ތަސްލީމް - ބިޒްނަސް އެންޑް އެކައުންޓިން
  • އައިމިނަތު ނޫހާ ނިހާލް - ކެމިސްޓްރީ
  • ފާތިމަތު މާޔާ ނަސްރުﷲ - އެކައުންޓިން
  • އަހުމަދު އިޒްހާމް - އެކައުންޓިން
  • އައިޝަތު މައިސާ ނިޔާޒު - އެކައުންޓިން
  • އާމިނަތު ޒުހާ ހަސަން ވަހީދު - އެކައުންޓިން
  • ފާތިމަތު އިނާ ޝަރީފް - އެކައުންޓިން
  • އަހުމަދު އަލާން - އެކައުންޓިން
  • އައިޝަތު ސަހާ - އެކައުންޓިން
  • އަމިނާތު ލުޔޫނާ - އެކައުންޓިން
  • ފާތިމަދު މިދުހާ - އެކައުންޓިން
  • އަހުމަދު އަސްލާން - އެކައުންޓިން
  • އާމިނަތު ރުވާއު - އެކައުންޓިން
  • މުހައްމަދު އައްޒާމް ޝަރީފް - އެކައުންޓިން
  • އަހުމަދު އައްޒާމް - އެކައުންޓިން
  • އަހުމަދު އީޖާސް - ޕިޒިކްސް

މިދިޔަ އަހަރު 2،642 ދަރިވަރަކު އޭ ލެވެލް ހެދިއިރު، އޭގެ ތެރެއިން 348 ދަރިވަރަކު ވަނީ ގަދަ 10 ގައި ހިމެނިފައެވެ. ހަ ދަރިވަރަކު ވަނީ ހުރިހާ މާއްދާއަކުން އެ ސްޓާ ހޯދައިފައެވެ.

ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން 52 ވަނައެއް 41 ދަރިވަރަކު ހޯދާފައިވާއިރު، 35 ދަރިވަރަކު ވަނީ މާއްދާތަކުން އެއް ވަނަ ހޯދައިފައެވެ.

  • އާމިނަތު ނޫހާ ނިމާލް، ސީއެޗްއެސްއީ
  • އާމިނަތު އިބާ އާދަމް، ޖަލާލުއްދީން ސްކޫލު، ހދ. ކުޅުދުއްފުށީ
  • މަރިޔަމް މަލްސާ އަލީ، ސީއެޗްއެސްއީ
  • އައިން އަލީ ރަޝީދު، ސީއެޗްއެސްއީ
  • ޝާނީ ޝަމީމް، ސީއެޗްއެސްއީ
  • މައާނީ މުއާވިޔަތު ޝަރީފް، ސީއެޗްއެސްއީ