ރާއްޖޭގައި މަތީ ސާނަވީ ނިންމާ ދަރިވަރުންނަށް ދެމުން އައި އެޑެކްސެލް އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނުގެ ބަދަލުގައި ކެމްބްރިޖު އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް އިމްތިހާނު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭމްބްރިޖު އިންޓަނޭޝަނަލް އޭއެސް އަދި އޭލެވެލް ސިލަބަހަށް ކިޔަވައިދިނުމާއި އިމްތިހާނުތައް ފެށުން ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން 2023-2024 އަދި 2024-2025 ވަނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ. އަދި 2024 އަދި 2025 ވަނަ އަހަރުގެ އޮކްޓޫބަރު/ ނޮވެމްބަރުގައި ކޭމްބްރިޖު އިންޓަނޭޝަނަލް އޭއެސް އިމްތިހާނު ބާއްވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ބުނީ މި ބަދަލާ ގުޅިގެން މިހާރު މަތީ ސާނަވީއަށް ކިޔަވަމުންގެން އަންނަ އަދި މިއަހަރު މަތީ ސާނަވީގެ ގުރޭޑު 11ގައި ކިޔެވުން ފަށާދަރިވަރުންގެ އިމްތިހާނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު