ހަ ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އާއިޝަތު ޝާން ޝާކިރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދީފި އެވެ.
ހަ ގައުމެއްގެ ނޮން ރެޒިޑެންޓް ސަފީރު ކަމަށް އާއިޝަތު ޝާން ޝާކިރު އައްޔަންކުރަން ހަމަޖައްސަވައި، އޭނާއަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ ދިރާސާ ކުރުމަށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު މިދިޔަ ބުރާސް ފަތި ދުވަހު ފޮނުއްވީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
އެ މައްސަލަ ކޮމިޓީން ދިރާސާކޮށް، އާއިޝަތު ޝާން ޝާކިރަށް ރުހުންދޭން އިއްޔެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
- ރަޝިޔަން ފެޑަރޭޝަނަށް
- ރިޕަބްލިކް އޮފް ފިންލޭންޑް
- ކިންގޑަމް އޮފް ސްވީޑްން
- ކިންގޑަމް އޮފް ނޯވޭ
- ޑެންމާކަށް
- ޔުކްރެއިންއަށް
ދެން އެ މައްސަލައިގެ ކޮމިޓީ ރިޕޯޓު، ކޮމިޓީން ފޮނުވާނީ މަޖިލިސް ތަޅުމަށެވެ. އައިޝަތު ޝާން ޝާކިރަށް މަޖިލީހުގެ ރުހުން އޮތްތޯ ފާސްކުރާނީ މަޖިލިސް ތަޅުމުންނެވެ.
އާއިޝަތު ޝާން ޝާކިރު މިހާރު ހުންނަވަނީ، ރާއްޖެއިން ޖަރުމަނަށް ކަނޑައަޅުއްވާ ސަފީރުގެގޮތުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު