އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އުރީދޫ އެކްސްޕީރިއެންސް ސެންޓާ (އޯއީސީ) އަދި ކްލަބް ޕްރިމިއާ ލައުންޖް އަޕްގްރޭޑް ކުރުމަށްފަހު އަލުން ހުޅުވައިފިއެވެ.
ހިތަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް ހުޅުވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމާ ކެއާ ދިޔާނާ އަފީފެވެ.
އުރީދޫން ބުނީ، އެ ސެންޓަރު އަޕްގްރޭޑް ކުރީ އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން އައްޑޫގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫގެ ކަސްޓަމަރުންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ދިނުމަށް ކަމަށެވެ.
އުރީދޫން ބުނިގޮތުގައި އާ އޯއީސީ ޑިޒައިން ކޮށްފައި ވަނީ އެ ކުންފުނިން ދޭ ހުރިހާ ހިދުމަތްތަކެއް އެންމެ ރަނގަޅަށް ދެވޭނެ އިންތިޒާމުތަކާ އެކުގައި ކަމަށެވެ.
"އެގޮތުން މި ގެނެވުނު ބަދަލާއެކު އަޅުގަނޑުމެންގެ އުއްމީދަކީ އުރީދޫ ހިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުން އިތުރު ފަސޭހައެއް ލިބިގެންދިއުން. އަޅުގަނޑުމެންގެ ބްރޭންޑް ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއި އެއްގޮތައް ކަސްޓަމަރުން އަޅުގަނޑުމެންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." ހާލިދު އަލް ހަމާދީ ވިދާޅުވިއެވެ.
ހިތަދޫގައި ހުޅުވި އޯއީސީން މާލޭގައި ހުރި އޯއީސީތަކާ އެއް ފެންވަރުގެ ހިދުމަތާއި ތަފާތު އެކި އުފެއްދުންތައް ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އޯއީސީގައި ވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނު ފަދަ އެ ކުންފުނިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިމަގުގައި ލިބޭނެ ކަމަށް ވެސް ބުންޏެވެ.
ހިތަދޫގެ އާ އޯއައިސީ ސެންޓަރުންވެސް ހިދުމަތް ދޭނީ ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު