ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގަމުން އަންނަ ހިޔާ މެޑިކަލް ސެންޓަރު، އާސަންދައިގެ ދަށުން ހިދުމަށް ދޭން ފަށައިފިއެވެ.

ލައިފް ސަޕޯޓް މެޑިކަލް ސާވިސަސް އިން ހިންގަމުން އަންނަ އެ ކްލިނިކަށް އާސަންދައިގެ ހިދުމަތް ތައާރަފުކޮށްފައި ވަނީ މިއަދެވެ.

އެކަމާ ގުޅިގެން ލައިފް ސަޕޯޓް މެޑިކަލް އިން ބުނީ އެ ސެންޓަރުގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭން ފެށުމުން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.

އަދި ހިޔާ މެޑިކަލް ސެންޓަރަކީ ޕްރައިމަރީ ހެލްތް ކެއާ އަދި ސްޕެޝަލިސްޓް ހިދުމަތްތައް ދެވޭ ފެންވަރުގެ ތަނަކަށްވާއިރު، ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުނަށް ދިމާވާ ގިނަ ސިއްހީ މައްސަލަތަކަށް އިތުރު ތަނަކަށް ނުގޮސް އެ ކްލިނިކުން ފަރުވާ ލިބޭނެ ކަމަށް ބުންޏެވެ.

ހިޔާ މެޑިކަލް ސެންޓަރަށް އާސަންދައިގެ ހިދުމަށް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް އަދި ދިވެހި ސަރުކާރަށް، ލައިފް ސަޕޯޓް މެޑިކަލް ސާވިސަސްގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.