ސިވިލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ އަލީ ރިޓަޔާ ކުރައްވައިފިއެވެ.

އޭނާގެ ރިޓަޔަމަންޓް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ބަލައިގަނެ ގަބޫލުކޮށްފައެވެ.

ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހުންނެވި އަބްދުﷲ އަލީ ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް އައްޔަންކުރީ 2016 ވަނަ އަހަރެވެ.

އަބްދުﷲ އަލީ ގާޒީކަމުން ރިޓަޔާ ކުރެއްވި އިރު، އޭނާއާ ގުޅޭ ގޮތުން ޖޭއެސްސީން ވަނީ ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިފައެވެ. އެޅި ފިޔަވަޅަކީ އޭނާއަށް ނަސޭހަތް ދިނުމާއެކު، ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުމެވެ.