ކުވެއިތުގެ ގައުމީ އެއާލައިނުން ރާއްޖެއަށް ދަތުރުފަށަން ތައްޔާރުވެފައިވާ ކަމަށް އެ އެއޭލައިނުން ބުނެފި އެވެ.
ކުވެއިތް އެއާވޭސް އާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން އެ އެއާލައިނުން ރާއްޖެއަށް ދަތުރުފަށަން ހަމަޖައްސައިފައި އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެންނެވެ. އަދި ކުވެއިތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ދެ ފަހަރު ދަތުރުކުރަމުން ގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން އޮޕަރޭޓްކުރާނީ އެއާބަސް އޭ320ނިއޯ އެއާކްރާފްޓެވެ.
ކުވައިތު އެއާވޭސް އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން އޮތީ މެދުކަނޑާލައިފައެވެ. ކުވައިތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބޮޑު މަންޒިލެކެވެ. އެގޮތުން 2022 ވަނަ އަހަރުގެ އެންމެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކުވައިތުން 4،325 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރިއެވެ.
ކޮވިޑް-19ގެ ކުރިން ރާއްޖެއަށް ދަތުރުކުރަމުން ގޮސް އެ ބަލިމަޑުކަމުގެ ތެރޭގައި ދަތުރުތައް މެދުކަނޑާލި ގިނަ އެއާލައިންތަކުން ވަނީ ރާއްޖެއަށް އަލުން ދަތުރުތައް ފަށާފައެވެ. ރާއްޖެއަކީ އެ ބަލިމަޑުކަމުގައި ބޯޑަރު ބަންދުކުރުމަށް ފަހު އެންމެ އަވަހަށް ފަތުރުވެރިކަމަށް ހުޅުވާލި އެއް ގައުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު