ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އެމްޑީޕީ ޕާލިމެންޓް ގްރޫޕް (ޕީޖީ)ގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސް ފެށުމަށް ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ޖަލްސާގައި އަސްލަމް ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގެ ބޮޑެތި ބަދަލުތަކަކީ އެމްޑީޕީގެ ހިއްސާ އޮންނާނެ ކަންކަން ކަމަށެވެ. އެގޮތުން, ގާނޫނީ ނިޒާމުގެ ތެރޭގައިވާ 41 ޕަސެންޓް ގާނޫނަކީ ސީދާ އެމްޑީޕީން ގެނައި ގާނޫނުތަކެއް ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އެމްޑީޕީއަށް ބަދަލަކީ ވަރަށް މުހިންމު އެއްޗެއް ކަމަށާއި ނަމަވެސް, އަބަދު ބަދަލުތަކުގެ ތެރޭގައި ތިބުމުގެ ބަދަލުގައި އެ ބަދަލުގެ ފޮނި މީރުކަން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުން މާ މުހިންމު ކަމަށެވެ.

އަސްލަމް ވަނީ މި ސަރުކާރުން ރާއްޖޭގެ އިގުތިސޯދު ވަރަށް ރަނގަޅަށް މެނޭޖުކޮށްފައިވާ ކަމަށް ވިދާޅުވެ، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައިފައެވެ.

"މި ރާއްޖޭގެ މުސްތަގުބަލަށްޓަކައި ރައީސް ސޯލިހަށް އިތުރަށް ދައުރެއް ދޭން އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައި މަސައްކަތްކުރުމާ ހިންގަވާށޭ އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ," އަސްލަމް ވިދާޅުވިއެެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ކަމަށް އަސްލަމް ވިދާޅުވި އިރު، މިރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ 2023 ވަނަ އަހަރަށް އަހަރަށް ދާއިރު މިހާރު އޮތް އިއްތިހާދު މިގޮތުގައި އޮންނާނެ ކަމަށް ދެކިއްޖެ ނަމަ, އެ ތިބެވެނީ އަވާމެންދުރެއްގައި ކަމަށެވެ.

ރައީސް ސޯލިހު މީގެ ކުރިން ވަނީ ކޯލިޝަނަކާއެކު ދެވަނަ ދައުރެއް ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.