މިރޭ ބާއްވާ އެމްޑީޕީގެ ކޮންގްރެސްއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވަނީ ތިން ގޮތްޕަކާ ގުޅޭ 17 މައްސަލަ ކަމަށް ކޮންގްރެސްގެ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ އަދި އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަންގެ ނައިބު އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.
ކޮންގްރެސްގެ މައުލޫމާތުދިނުމަށް ސޯޝަލް ސެންޓަރުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބްރޭ ވިދާޅުވީ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތު 1365 މީހަކަށް ލިބޭ ކަމަށާއި ނަމަވެސް ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓްރަކީކޮށްފައިވަނީ 1178 މީހުން ކަމަށެވެ.
"މާލެ ގެންނަން ޖެހޭ މީހުން، މާލެއިން ބޭރުން އަޅުގަނޑުމެން ގެންނަން ޖެހޭ އެންމެން މިވަނީ މާލެ އައިސްފައި،" އިބްރޭ ވިދާޅުވިއެވެ.
އިބްރޭ ވިދާޅުވީ، ކޮންގްރެސްގައި ބައިވެރިވުމަށް ދޫކުރާ ފާސް 900 އަށްވުރެ ގިނަ ފަރާތަކުން މިހާރު ނަގައިފައިވާ ކަމަށެވެ.
އިބްރޭ ވިދާޅުވީ، ކޮންގްރެސްއާ ގުޅޭގޮތުން މިހާތަނަށް ލިބިފައިވަނީ ތިން ގޮތްޕަކާ ބެހޭ 17 މައްސަލަ ކަމަށެވެ. އެމްޑީޕީ ކޮންގްރެސްގައި 705 ގޮތްޕަކުން ބައިވެރިވެއެވެ.
"މީގެ އެއްވެސް މައްސަލައެއްގައި ނެތް ކޮންގްރެސްގެ އަދަދަށް ބަދަލު އަންނާނެ ކަމެއް ހުށަހަޅާފައެއް،" އިބްރޭ ވިދާޅުވިއެވެ.
އިބްރޭ އިތުރަށް ވިދާޅުވީ، އެ ހުރިހާ މައްސަލައެއްވެސް ލިޔުމުން ލިބިފައިވަނީ އިއްޔެ ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅޭގޮތުން އެމްޑީޕީން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ އަސާސީ ގަވައިދު ބުނާ ގޮތުގައި ގޮތްޕެއް އުފެއްދޭނީ މަދުވެގެން 50 މެންބަރުންނަށެވެ. އަދި އެއް ގޮތްޕެއްގެ މެންބަރަކަށް އެހެން ގޮތްޕެއްގެ މެންބަރަކަށް ނުވެވޭނެ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު