ޚަބަރު

ހުޅުމާލެ ބީޗުން ނުރައްކާތެރި ޖެލީފިޝްތަކެއް ފެންނާތީ ސަމާލުވާން އެދިއްޖެ

މުހައްމަދު އިޝާން

ހުޅުމާލޭ ބީޗުން ނުރައްކާތެރި ޖެލީ ފިޝްތަކެއް ފެންނާތީ ސަމާލުވުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަޜޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން މިއަދު ބުނީ، ހުޅުމާލޭ ބީޗުން ނުރައްކާތެރި ޖެލީ ފިޝްގެ ބާވަތެއް ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށެވެ.

އެހެންކަމުން މޫދަށް ގޮސް އުޅޭ ހުރިހާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށް އެޗްޑީސީން ބުންޏެވެ.

މީގެ ކުރިން ވެސް ހުޅުމާލޭ ބީޗުން ވަނީ ނުރައްކާތެރި ޖެލީ ފިޝްތަކެއް ފެނިފައެވެ.