ރާއްޖޭގެ ހަ ސަރަހައްދެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
ޕްލޭނިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ޕްރޮޕޯސަލް ހުށަހެޅުމަށް އާންމުކޮށް ދައުވަތު ހުޅުވާލާ ކަމަށެވެ.
- ހދ. މަކުނުދޫ - 23,300,000 ޑޮލަރު
- ށ. ބިލެތްފެހި - 23,600,000 ޑޮލަރު
- ބ. ތުޅާދޫ - 21,900,000
- ތ. ވިލުފުށި - 33,300,000
- ފ. މަގޫދޫ - 8,200,000
- ރ.އަތޮޅު ދެކުނުބިތުގައި (ރަށް އަދި ކަނޑައެޅިފައިއެއް ނުވޭ) 23,600,000
ޕްލޭނިން މިނިސްޓްރީން ބުނީ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގައާއި ފައިނޭންސްކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން ޑޮލަރު ކަމަށެވެ. އަދި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓް އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އިކުއިޒިޝަން ކޮސްޓު އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނޭ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހަޅާއިރު ފައިނޭންސްކުރުމަށް ހުށަހަޅާ އެއާޕޯޓަކީ ކޮބައިކަން ބަޔާންކުރަންވާނެކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނެޓުން ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ މި ސަރުކާރުގެ ވައުދެކެވެ. މިހާރު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއެކު 14 އެއާޕޯޓެއް އޮތް އިރު، ގދ. ފަރެސްމާތޮޑާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށް އެބަގެންދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު