ތިލަމާލެ ބުރިޖު އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އަރައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ބުރިޖުގެ ޕްލެޓުފޯމެއް ފަރަށް އަރައިފައިވަނީ މިއަދު މެންދުރުފަހު 2:45 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ތިން މީހަކަށް އަނިޔާވެގެން ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލައި އަޅާ ތިލަމާލެ ބުރިޖުގެ އަމަލީ މަސައްކަތް މިމަހުގެ ދެ ވަނަ ދުވަހު ވަނީ ފަށައިފައެވެ. އެ މަސައްކަތް ފެށުމާއެކު މާލެ އާއި ވިލިމާލެއާ ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް"ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބުރިޖުގެ މަސައްކަތްްކުރަމުން އަންނަނީ އިންޑިއާގެ އެފްކޮންސް އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު