ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގެ ދަރިވަރުން ކޮންމެ ދުވަހަކު ސްކޫލުގައި އަސްރު ނަމާދު ޖަމާއަތުގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އެކަން ފެށުމުގެ ގޮތުން މިއަދު އެ ކުދިން ވަނީ އެ ސްކޫލުގެ ގޯތިތެރޭގައި ޖަމާއަތް ހަދައިގެން އަސުރު ނަމާދުކޮށްފައެވެ.
ރެހެންދި ސްކޫލުން މިއަދު ބުނީ، މިއަދުން ފެށިގެން ކޮންމެ ދުވަހަކު ގްރޭޑް 2،3،4،5،6 ގެ ދަރިވަރުން ޖަމާއަތުގައި އަސްރު ނަމާދު ކުރުން ސްކޫލުގައި އޮންނާނެ ކަމަށެވެ. އެހެންކަމުން ދަރިވަރުން ސްކޫލަށް ފޮނުވާއިރު ނަމާދަށް ތައްޔާރުކޮށްފައި ފޮނުވައިދިނުމަށް ސްކޫލުން ވަނީ އެދިފައެވެ.
އެގޮތުން ދަރިވަރުން ގޭގައި މަންދުރު ނަމާދުކުރުވައި އަދި ވުލޫ ކުރުވައިގެން ސްކޫލަށް ފޮނުވުމަށާއި ދަރިވަރުން ނަމާދުކުރުމަށް ބޭނުންވާތަކެއްޗާއެކު ސްކޫލަށް ފޮނުވުމަށް ވަނީ އެދިފައެވެ. ނަމާދުކުރުމަށް ބޭނުންވާ މުސައްލަ އާއި ނަމާދުދޮޅި ފަދަ އެއްޗެހި ވެސް ބެލެނިވެރިން ފޯރުކޮށްދޭން ޖެހެއެވެ.
ދަރިވަރުން ސްކޫލަށް އަންނައިރު ބޭނުންކުރާ ސްޓާކީނަކީ ނަމާދު ކުރުމަށް އެކަށީގެންވާ ސާފުތާހިރު އިސްޓާކިނެއްތޯ ބަލައި ސަމާލުވުމަށް ވަނީ ބެލެނިވެރިންގެ ކިބައިން އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު