އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފަހު މިއަދު ރާއްޖެ ގެނެސްފިއެވެ.
މައުލޫމާތު އެނގޭ ފަރާތަކުން "ވަން" އަށް މިއަދު ބުނީ، ޝިއާއުގެ ހަށިގަނޑުގެ ގެންނަ ފްލައިޓު ރާއްޖެއަށް މިއަދު ހަވީރު 6:00 ޖަހާއިރު ޖައްސާނެ ކަމަށާއި ޝިއާގެ ހަށިގަނޑު އިރުއޮއްސި 6:45 ހާއިރު ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ގެންދާނެ ކަމަށެވެ.
ޝިއާއުގެ ޕޯސްޓްމޯޓަމް ހަދާފައިވާ އިރު، ރިޕޯޓު ލިބޭނެ ދުވަހެއް ނޭނގޭ ކަމަށް ފުލުހުން ވަނީ މިއަދު ބުނެފައެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ޝިއާގެ މަރުގެ ތަހުގީގަށް ފުލުހުން މިހާރު ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ.
ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވައިލީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ޝިއާއު މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ޝިއާއު މަރާލައިފައި އޮއްވައި ފެނުނު އެޕާޓްމަންޓްގެ ތެރެއިންނެވެ. ތިން ކޮޓަރީގެ އެ އެޕާޓުމަންޓަކީ ޝާހިލްގެ އިތުރުން އޭނާގެ ރައްޓެހި އަންހެނަކާއި އޭނާގެ ލޯބިވެރިޔާ އުޅޭ އެޕާޓުމަންޓެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ޝިއާއުގެ މަރުގެ ތުހުމަތު ވަނީ ޝާހިލްއަށް އެކަންޏެވެ. ޝިއާއު މަރާލަން ބޭނުންކުރި ބައެއް ހަތިޔާރު އެ އެޕާޓްމަންޓުން ފެނިފައިވާ އިރު، މަރުގެ ތުހުމަތުވާ ޝާހިލް ވަނީ ޝަރީއަތް ނިމެންދެެން ބަންދުކޮށްފައެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއު ހަށިގަނޑު ފެނުނުއިރު އޭނާގެ ބޯ އޮތީ ވަކިކޮށްލައިފައެވެ. އަތި އަތާއި ފައިވެސް ބުރިކޮށްލައިފައިވާކަން އެނގިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު