ޚަބަރު

ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވާލައިފި

ރިފާ ހަލީލު

އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ޝިއާއު މުހައްމަދު ސައީދުގެ ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާލައިފިއެވެ.

ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިމަހުގެ ހަތް ވަނަ ދުވަހު ހ. ޝީރީންވިލާ ގޭގެ ނުވަވަނަ ބުރީގައި ހުރި އެޕާޓުމަންޓެއްގެ ތެރެއިންނެވެ.

ފުލުހުން މިއަދު ބުނީ ޕޯސްޓުމޯޓަމް ހެދުމަށް ޝިއާއުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފޮނުވާލާފައިވާ ކަމަށެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޝިއާއުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވީ އިންޑިއާއަށެވެ. ޝިއާއުގެ ޕޯސްޓްމޯޓަމް ހަދަން ނިންމީ އޭނާ މަރުވި އަސްލު ސަބަބު ދެނެގަތުމަށް ޓަކައި ކަމަށް މީގެ ކުރިން ފުލުހުން ބުންޏެވެ.

މި މަރުގެ މައްސަލައިގައި ފުލުހުން ވަނީ އަލީ ޝާހިލް، 23، ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ކުށުގެ ވެށީން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.