މާލޭގައި އަންހެނަކު އަނިޔާވެރިކޮށް މަރާލާފައި އޮއްވައި ފެނިއްޖެއެވެ، އޭނާގެ އަތާއި ފައި ވެސް އޮތީ ބުރިކޮށްލާފައިކަން "ވަން" އަށް ވަނީ ކަށަވަރުވެފައެވެ.
ފުލުުހުން ދެންމެ ބުނީ މާލޭގެ ގެއެއްގައި ޒަހަމްތަކަކާއެކު އަންހެނަކު މަރާލާފައި އޮތްކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނެއް، ސީން އިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
އަންހެން މީހާގެ ހަށިގަނޑު ދުށް މީހަކު "ވަން" ބުނީ އަންހެން މީހާގެ އަތާއި ފައިވެސް ވަނީ ބުރިކޮށްލައިފައެވެ. އޭނާގެ އަތް ބުރިކޮށްލާފައިވަނީ އުޅަނބޮއްޓާ ހަމައިންނެވެ. ނަމަވެސް ފައި ބުރިކޮށްލާފައިވަނީ ކިހާ ހިސާބަކުން ކަމެއް ސާފެއް ނޫނެވެ.
އަންހެން މީހާގެ ކަރު އެއްކޮށް ބުރިވެފައިނުވާ ކަމަށެވެ. އަދި އަންހެން މީހާގެ ހަށިގަނޑުގައި ޓެޓޫ ހުރި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
"ވަން"ގެ ނޫސްވެރިޔާ ބުނިގޮތުގައި އަންހެން މީހާގެ ހަށިގަނޑު ވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އެމްބިއުލާންސްގައި ގަލޮޅު މޯޗަރީއަށް ގެންގޮސްފައެވެ. އަދި އޭނާގެ ހަށިގަނޑު ގެންގޮސްފައިވަނީ ދެ ބޮޑީ ބޭގުގައި ކަމަށެވެ.
އެ މައްސަލައިގައި ސީން އިން ހައްޔަރުކުރި މީހާ ވަނީ ފުލުހުންގެ ކާރުގައި ގެންގޮސްފައެވެ. އަންހެން މީހާ މަރާލާފައި އޮއްވައި ފެނިފައިވަނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ބުރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު