ރާއްޖޭގައި ހަރުކުރި އެންމެ ފުރަތަމަ ޓަޗްލެސް ލިފްޓް، އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހަރުކޮށް ބޭނުން ކުރަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނީގެ ޓްރޭޑް ސެންޓަރުގައި ބުރާސްފަތި ދުވަހު ބޭނުންކުރަން ފެށި ޓަޗްލެސް ލިފްޓަކީ އެ ކުންފުނިން ވިއްކަމުން އަންނަ ކޯނޭ ބްރޭންޑުގެ ލިފްޓެއް ކަމަށެވެ.
އެސްޓީއޯއިން ބުނީ ކޯނޭ ލިފްޓުގެ ޓަޗްލެސް ސިގްނަލައިޒޭޝަންގެ ފީޗާގެ ސަބަބުން ލިފްޓުގެ ފިތްތަކުގައި އަތްލާން ޖެހޭ މިންވަރު މަދުވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްކާތެރި ލިފްޓަކަށްވާނެ ކަމަށް އެކުންފުނިން ބުންޏެވެ.
ފިންލޭންޑުގެ އުފެއްދުމެއް ކަމަށްވާ ކޯނޭ ބްރޭންޑަކީ ބައިނަލް އަގުވާމީ އެވޯޑު ހާސިލުކޮށްފައިވާ މަޝްހޫރު ބްރޭންޑެކެވެ. އަދި އެސްޓީއޯއަކީ ކޯނޭގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބުއުޓަރެވެ.