މާލޭ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓު އަޅަން އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.
އެކަން އިއުލާންކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.
އެގްޒިމް ބޭންކުން މިދިޔަ އަހަރު ވަނީ ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އިމާރާތްކުރަން 228 މިލިއަން ޑޮލަރު، ބަޔާޒް ކްރެޑިޓްގެ ގޮތުގައި އިތުރުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު އެއްބަސްވުމަކަށް އައިސްފައެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން މިދިޔަ ޑިސެމްބަރު މަހުގައި ވަނީ 34 މިލިއަން ޑޮލަރު ދޫކޮށްފައެވެ.
އެ މަޝްރޫއުގެ ދަށުން 900 އަކަފޫޓުގެ ތިން ކޮޓަރި އާއި ތިން ފާހާނާގެ 2800 ޔުނިޓް އަދި 650 އަކަފޫޓުގެ ދެ ކޮޓަރި އާއި ދެ ފާހާނާގެ 1200 ޔުނިޓް އިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު