އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ އެންމެ ބޮޑު ގައްދާރު ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް އެހެން ވިދާޅުވީ، ނާޒިމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ އެބޭފުޅުންގެ މަރު ދުވަހާ ޖެހެންދެންވެސް ގައްދާރުން ކަމަށް ވިދާޅުވެ ޔާމީން ކުރެއްވި ޓުވީޓަކަށް ރައްދުދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
ނާޒިމް ވިދާޅުވީ ރައީސް ޔާމީނު ސަރުކާރު އޮތީ ނަޖިހުން ތަޣައްޔަރުވެ، ރިޝްވަތާއި ވައްކަމާއި މަކަރާއި ހީލަތާއި މުޅި އިދިކޮޅު ފަރާތްތައް ޖަލަށްލުމާއި ދައުލަތުގެ މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައި ކަމަށެވެ.
"އެހެންވީމަ ގައުމަށް އެންމެ ބޮޑު ހާއިނަކީ ކާކު؟ އަދިވެސް ތިޔައީ ވަތަނީ ބޭފުޅެއް ކަމަށް ވަކާލާތު ކުރައްވަނީތޯ،" ނާޒިމް ސުވާލުކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު