އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ އަލީ ނަސީރުގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމަށް ފުލުހުން ފެށި އޮޕަރޭޝަންގެ ތެރެއިން ނަސީރު ހައްޔަރުކުރީ އިއްޔެއެވެ. އެނގިފައިވާ ގޮތުގައި ނަސީރު ހައްޔަރުކުރީ އޭނާ އެއްޖިންސުން ގުޅުން ހިންގަނިކޮށް ނަގާފައިވާ ވީޑިއޯއެއްގެ މައްސަލައިގައެވެ.
ނަސީރުއާއެކު ދެން އެ ވީޑިއޯއިން ފެންނަނީ ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމްކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ތުހުމަތު ދޮގުކުރައްވައި، ސަލީމު ވަީ ތުހުމަތުކުރި ނޫސްތަކަށް އަނބުރުގެ ދައުވާކޮށްފައެވެ. އަދި އެ ވީޑިއޯއިން ފެންނަނީ އޭނާ ނޫންކަން ކަށަވަރުކޮށްދިނުމަށް އެދި ފުލުހުންނަށް ސިޓީއެއްވެސް ފޮނުވާފައިވެއެވެ.
ބަންގްލަދޭޝަންގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ވަޒީފާގައި އުޅުނު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު