ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުސްވި ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު ދެ މީހަކު މިއަދު ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު މީގެ ކުރިން ފުލުހުން ހައްޔަރުކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ދޫކޮށްލައިފައެވެ.
ބަންދުން ދޫކުރި ބައެއް މީހުންގެ މައްސަލަ އިސްތިއުނާފުކުރަން ދައުލަތުން ވަނީ ނިންމައިފައެވެ. ބައެއް މީހުންގެ މައްސަލަ އިސްތިއުނާފުވެސް ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު