މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ދުނިޔެ ބަލައިގެންފައިވާ ހަރުދަނާ ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 58 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ގައުމާ މުހާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިނިވަންކަމަށްޓަކާ ގައުމެއްގެ ދާހިލީ އަދި ހާރިޖީ ސިޔާސަތުގެ ދައުރު ވަރަށް މުހިއްމު ކަމަށެވެ. އަދި މި ސަރުކާރުގެ ކޮންމެ ސިޔާސަތަކީ، ރާއްޖޭގެ މިނިވަންކަމާއި ތަރައްގީއާއި ކުރިއެރުމަށް ލާބަހުރި، ފަހި ސިޔާސަތެއް ކަމަށް ވިދާޅުވިއެވެ.
"ގައުމެއްގެ ސިޔާދަތީ މިނިވަންކަމަކީ، ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގެ އާއިލާއާއެކު ގުޅިގެން އުޅުމަށް ލިބޭ އެންމެ ބޮޑު ފަހިކަން. މިސަރުކާރުގެ ހާރިޖީ ސިޔާސަތަކީ، ދުނިޔެ ބަލައިގެންފައިވާ ތިލަފަތްހަމަ، ހަރުދަނާ ސިޔާސަތެއް. ގައުމުތަކާއެކު އޮންނަ ގުޅުންތައް މިހާރު ބަދަހި" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާާޅުވީ، ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަން ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ އަދާކުރާ ދައުރުން ހާމަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު