ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ނައިބުކަމުގެ މަގާމަށް އިބްރާހީމް ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބުދުﷲ ކުރިމަތިލައްވައިފިއެވެ.
މިމަހު 18 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އިބްރާހީމް ވަހީދު ކުރިމަތިލައްވާފައި ވަނީ ޗެއާޕާސަންގެ ނައިބު އިދާރީކަމުގެ މަގާމަށެވެ. އަހުމަދު އަބްދުﷲ ކުރިމަތިލައްވާފައި ވަނީ ޗެއާޕާސަންގެ ނައިބު މާލީކަމުގެ މަގާމަށެވެ. އަހުމަދު އަބުދުﷲ މިހާރުވެސް ހުންނެވީ އެ މަގާމުގައެވެ.
އެ ދެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލީ މިހާރު ހިނގަމުންދާ ދައުރުގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަގާމުގެ މުއްދަތު 25 އޮކްޓޯބަރުވާ އަންގާރަ ދުވަހަށް ހަމަވާތީއެވެ.
މި ދެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އޮންނާނީ އަންނަ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު