މިއަދު އޮތް އައްޑޫ ސިޓީ ހިތަދޫ އަދި ތ. ވަންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ހިތަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑި ކާމިޔާބު ކުރީ ޕީޕީއެމްގެ ފަރާތުން ވާދަކުރި ފާތިމަތު ނަޒީހާ އަހުމަދުއެވެ. އޭނާ އެގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރި އާމިނަތު ޝާހިދާއާ ވާދަކޮށް 141 ވޯޓުގެ ތަފާތުންނެވެ.

ވަންދޫ ގޮނޑި އެމްއެންޕީން ކާމިޔާބު ކުރީ ހަދީޖާ މުހައްމަދެވެ. ހަދީޖާ އެގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ފަރާތުން ވާދަކުރި ޝިރުމީނާ އަލީއާ ވާދަކޮށް، 43 ވޯޓުގެ ތަފާތުންނެވެ. މިއީ އެމްއެމްޕީން ކާމިޔާބު ކުރި ދެވަނަ ގޮނޑިއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ގާތްގާތުގައި އިސްތިއުފާދޭތީ، އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ވަނީ އެ ކޮމިޓީގެ މެމްބަރުންގެ މުސާރަވެސް ބޮޑުކޮށްފައެވެ.