އާސެނަލްއަށް އެތައް އަހަރެއް ވަންދެން ސަޕޯޓު ކުރަމުން އައި އެ ކްލަބުގެ އިހުލާސްތެރި ސަޕޯޓަރު، މާރިޔާ ޕެޓްރީ މަރުވެއްޖެއެވެ.
މާރިޔާ މަރުވެފައި ވަނީ އުމުރުން 83 އަހަރުގައެވެ. އާސެނަލް ސަޕޯޓަރެއްގެ ގޮތުގައި 60 އަށްވުރެ ގިނަ އަހަރު ހޭދަކުރި މާރިޔާ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މާރިޔާގެ މަރާއި ގުޅިގެން އާސެނަލްއިން ވަނީ ހާއްސަ ބަޔާނެއް ނެރެފައެވެ.
ބަޔާނުގައި ބުނެފައި ވަނީ މާރިޔާއަކީ ކްލަބަށް ވަފާތެރި އިހުލާސްތެރި ސަޕޯޓަރެއް ކަމަށާއި، ގެއްލިގެން ދިޔައީ އާސެނަލް އާއިލާގެ މުހިއްމު މޫނެއް ކަމަށެވެ. އާސެނަލްގެ ބަޔާނުގެ އިތުރުން ކޯޗު މިކޭލް އާޓެޓާވެސް ވަނީ މާރިޔާގެ މަރާއި ގުޅިގެން ތައުޒިޔާ ފޮނުވާފައެވެ. އޭގެ އިތުރުންވެސް އާސެނަލްއަށް ކުރިން ކުޅުނު ކުޅުންތެރިންނާއި ސަޕޯޓަރުންވެސް އަންނަނީ މާރިޔާގެ މަރާ ގުޅިގެން ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.
ދާދި ފަހުން އާސެނަލް ޓީވީއަށް ދިން އިންޓަވިއުއެއްގައި މާރިޔާ ބުނެފައި ވަނީ އާސެނަލްގެ އިތުރުން އޭނާގެ އާއިލާއެއް ނެތް ކަމަށާއި، އާސެނަލްއަކީ އޭނާގެ އެންމެ ބޮޑު އާއިލާ ކަމަށެވެ. އާސެނަލްއަށް އޮތް ލޯބި މާރިޔާގެ ހަޔާތުގެ ހުރިހާ ހިސާބެއްގައިވެސް ފެނިގެން ގޮސްފައިވެއެވެ.
މާރިޔާގެ މަންމައާއި ބައްޕައަކީ ގްރީސްއަށް ނިސްބަތްވާ ދެމީހުނެވެ. 1938 ވަނަ އަހަރު މާރިޔާގެ މަންމައާއި ބައްޕަ އިނގިރޭސިވިލާތަށް ހިޖުރަކޮށްފައިވާ އިރު، 1950 ގެ އަހަރުތަކުން ފެށިގެން މާރިޔާ ވަނީ އާސެނަލްގެ މެޗުތަކަށް ދާން ފަށާފައެވެ. އޭރު މާރިޔާއަކީ ތައުލީމު ހާސިލްކުރަމުން ދިޔަ ދަރިވަރެކެވެ.
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް