މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 900،808 ފަތުރުވެރިން އައިސްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 572,123 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިންޑިއާއިންނެވެ. އެ ގައުމުން 132,151 ފަތުރުވެރިން އައިސްފައިވެއެވެ.

  • އިންޑިއާ - 132,151 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 104,667 ފަތުރުވެރިން
  • ރަޝިއާ - 94,151 ފަތުރުވެރިން
  • ޖާމަނީ - 73,118 ފަތުރުވެރިން
  • އިޓަލީ - 51,850 ފަތުރުވެރިން
  • އެމެރިކާ - 43,653 ފަތުރުވެރިން
  • ފްރާންސް - 31,024 ފަތުރުވެރިން
  • ސުވިޒަލޭންޑް - 21,619 ފަތުރުވެރިން
  • ސައުދީ އަރަބިއްޔާ - 19,982 ފަތުރުވެރިން
  • ސްޕެއިން - 18,8602 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއަހަރު އެވްރެޖުކޮށް ދުވާލަކު 4,482 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށާއި އަދި އެ ފަތުރުވެރިން އެވްރެޖުކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރާ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި އިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.