ދުނިޔެ

ބިލް ގޭޓްސް ފަހަތަށް ޖައްސާލައި މަހުޖަނުންގެ ލިސްޓުގެ ހަތަރުވަނަ އިންޑިޔާގެ އަދާނީއަށް

ދުނިޔޭގެ އެންމެ ބޮޑެތި މަހަޖަނުންގެ ލިސްޓުން އެމެރިކާގެ ބިލް ގޭޓްސް ފަހަތަށް ޖައްސައިލުމަށްފަހު އިންޑިޔާގެ ގައުތަމް އަދާނީ އެ ލިސްޓުގެ ހަތަރުވަނަ ހޯދައިފިއެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުން ގިންތިކުރާ ފޯބްސްއިން އެއްކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ފެންނަގޮތުގައި ގައުތަމް އަދާނީގެ މިލްކިއްޔާތުގެ އަގަކީ 115.5 ބިލިޔަން ޑޮލަރެވެ. ބިލް ގޭޓްސްގެ މިލްކިއްޔާތުގެ އަގަކީ 104.6 ބިލިއަން ޑޮލަރެވެ. އެހެންވީމާ ލިސްޓުގެ ހަތަރުވަނައަށް ގައުތަމް އަދާނީ އެރުމާއެކު ބިލް ގޭޓްސް ވަނީ ފަސްވަނައަށް ސޮއްސާލައިފައެވެ.

މަހުޖަނުންގެ ލިސްޓުގައި އަދިވެސް ވަރަށް ފުރިހަމަ އެއްވަނައެއް ލިބިފައިވަނީ އެމެރިކާގެ މަހުޖަނު އީލޮން މަސްކަށެވެ. އޭނާގެ މިލްކިއްޔާތުގެ މިންވަރަކީ 235.8 ބިލިއަން ޑޮލަރެވެ. އިންޑިޔާގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމުގައި ބުނެވޭ މުކޭޝް އަންބާނީއަށް 90 ބިލިޔަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ލިބެނީ ދުނިޔޭގެ ލިސްޓުން ދިހަވަނައެވެ.

ދުނިޔޭގެ މަހުޖަނުންގެ ލިސްޓުގެ ދެވަނަ ޖުލައިމަހު ލިބެނީ ޖުމްލަ 156 ބިލިއަން ޑޮލަރުގެ މިލްކިއްޔާތަކާއެކު ފްރާންސްގެ ބާނަޑް އާނޯލްޓަށެވެ. ލިސްޓުގެ ތިންވަނަ ލިބެނީ އެމެރިކާގެ ޖެފް ބެޒޯސްއަށެވެ. އޭނާގެ މިލްކިއްޔާތުގެ މިންވަރަކީ 148 ބިލިޔަން ޑޮލަރެވެ.