ޚަބަރު

އުރިދޫ ފައިބާ ސުޕަނެޓް ކެނދިކުޅުދޫ އާއި އަލިފުއްޓަށް

މުހައްމަދު އިޝާން

ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު އޫރިދޫ ސުޕަނެޓް ފިކްސް ބްރޯޑްބޭންޑުގެ ހިދުމަތް ނ. ކެނދިކުޅުދޫ އަށާއި ރ. އަލިފުއްޓަށް ތައާރަފުކޮށްފިއެވެ.

އުރީދޫން ބުނީ، އެ ދެ ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ފައިބާ ސުޕަނެޓް ކަނެކްޝަން ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށް 300 ޖީބީ ބޯނަސް ޑޭޓާ ހިލޭ ފުރަތަމަ ތިން މަހު ލިބޭނެ ކަމަށެވެ.

"އޫރިދޫ ފިކްސް ބްރޯޑްބޭންޑް ފައިބާ ސުޕަނެޓް ޕްލޭންތަކަކީ ބޮޑެތި ޑޭޓާ އެލެވަންސްތަކާއި ހަލުވި ސްޕީޑުތަކުގެ އިތުރުން ޑޭޓާ ރޯލްއޯވާ ހިދުމަތާއެކު މިވަގުތު މާކެޓުގައި އެންމެ ފުރިހަމަ ޕްލޭންތައް. ކެނދިކުޅުދޫ އަދި އަލިފުށީގެ ރައްޔިތުންނަށް މި ހިދުމަތް ފޯރުކޮށްދީ އިތުރު ފުރުސަތުތަކަކާ ގުޅުވާލަދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ފެންވަރު ރަނގަޅު ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުން" އޫރިދޫ މޯލްޑިވްސްގެ ޗީޕް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވިއެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އޫރިދޫ މޯލްޑިވްސް އިން ކުރާ މަސައްކަތުގެ ތެރެއިން ދާދި ފަހުން ވަނީ އޫރިދޫ ސުޕަނެޓް ޕެކޭޖުތަކައް ބޮޑެތި ބަދަލުތަކެއް ގެނެސް އަފްގްރޭޑްކޮށްފައެވެ.

އޫރިދޫން ގެނައި އެ ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑުވެސް ލިބޭނެ ކަމަށެވެ. އަދި ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއަށް އިތުރުވެގެންދެއެވެ.