ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ޒުބައިރު އިސްތިއުފާ ދެއްވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ. އެކަން ޖޭއެސްސީން ހާމައެއްވެސް ނުކުރެއެވެ.
ޒުބައިރަކީ 14 އަހަރަށްވުރެ ދިގު މުއްދަތަކަށް ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މެޖިސްޓްރޭޓެއްގެ ހައިސިއްޔަތުން ފ. ދަރަނބޫދޫ މެޖިސްޓްރޭޓް ކޯޓުގައި އަދި ދާއިރާ އިސްމެޖިސްޓްރޭޓްގެ ހައިސިއްޔަތުން ހދ. އަދި ދ. ޖުޑީޝަލް ދާއިރާގައި އޭނާ ވަނީ މަސައްކަތްކުރައްވައިފައެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގައިވެސް ޒުބައިރު މަސައްކަތް ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު