ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް އާދަމް ނިޝާން ބިން އަލީ އާދަމް އާއި ޝައިހް ފަޒްލޫން މުހައްމަދު ބަންދުކުރި މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.
އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ އިއްޔެއެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހަރަކާތެއް ބާއްވަނިކޮށް އެތަނަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީ ބިރުވެރިކަން އުފެއްދި މައްސަލައިގައި ޝައިހް ނިޝާން އާއި ޝައިހް ފަޒްލޫން ހައްޔަރުކުރުމަށް ފަހު ފުރަތަމަ ބަންދު ކުރީ ހަތް ދުވަހަށެވެ. އޭގެ ފަހުން އެކިފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ނިޝާންގެ ބަންދަށް 13 ދުވަސް އަދި ފަޒްލޫންގެ ބަންދަށް ވަނީ 16 ދުވަސް ޖަހައިފައެވެ.
ޔޯގާ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައިވާއިރު މިހާރު ބަންދުގައި ތިބީ 20 މީހެކެވެ. ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ފުލުހުން އަންނަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު