މިއަހަރުގެ ބޮޑު އީދު ނިންމާލުމުގެ ގޮތުން ވިލިމާލޭގައި މިރޭ ހަވާއަރުވަން ނިންމައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިރޭ ވިލިމާލޭގައި ހަވާއަރުވާނީ އުތުރު ސަރަހައްދު ބަނދަރާ ދިމާލުން ބޭރުން ކަމަށެވެ. އަދި ހަވާއަރުވާނީ މިރޭ 9:30 ގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ވިލިމާލޭގައި ވަނީ ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސްޓޭޖް ޝޯ އާއި ސަގާފީ އެކި ހަރަކާތްތައްވެސް ވަނީ ބާއްވައިފައެވެ.
އީދު ނިންމާލުމުގެ ގޮތުން ވިލިމާލޭގައި މިރޭ ހަވާ އަރުވަން ނިންމާފައިވާއިރު، ހަވާ އަރުވާނީ މިރޭ ބާއްވާ ސްޓޭޖް ޝޯ އަކަށް ފަހުއެވެ.
މިފަހަރު އީދު ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ ގިނަ ރަށްތަކެއްގައި ވަނީ ހަވާ އަރުވައިފައެވެ. އެގޮތުން މިފަހަރު ވަނީ 18 ރަށެއްގައި ހަވާ އަރުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު