ޓިކްޓޮކް ތަރި މަރިޔަމް ޝިފާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައި މިވަނީ އޭނާ ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައިވަނިކޮށެވެ. ފުލުހުން އަންނަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.

ނަމަވެސް ޝިފާ ވަނީ އެއީ އެޑިޓެއް ކަމަށާއި އެއީ އޭނާ ނޫން ކަމަށް ބުނެ ދިފާއުގައި ވާހަކަދައްކައިފައެވެ.

ޝިފާގެ ޕާސްޕޯޓް ހިފަހައްޓާފައިވާއިރު، ފިރިހެނުންތަކެއް އެއް ޖިންސިން ގުޅުން ހިންގާ ވީޑިއޯތަކެއްވެސް ވަނީ އާންމުވެފައެވެ. އެމައްސަލައިގައި ގިނަ އަދަދެއްގެ ބަޔަކާއެކު އެއް ޖިންސިން ގުޅުން ހިންގި ކަމަށް ތުހުމަތުވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި ވަނީ ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް ޖަހައިފައެވެ. އަދި އޭނާގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓައިފައެވެ.

އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި ތިން މީހެއްގެ ވީޑިއޯ މިހާތަނަށް ވަނީ ލީކުކޮށްލައިފައެވެ. އޭގައި ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ކަމަށް ބުނާ މީހަކާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އަދި ފުލުހުންގެ ޑްރަގް އެންފޯސްމެންޓު ޑިޕާޓުމެންޓުގައި މަސައްކަތްކުރާ ފުލުހެކެވެ.

މި ތިން މީހުންގެ ތެރެއިން ކާނަލް އަދި ނާޒިމްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ވީޑިއޯ ލީކުވި ފުލުސް މީހާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ.

Fuluhun thahugeegu kuramundhaa massala akaa gulhigen Shifa ge passport vany hifahattaafai.