ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސާއަށް ސިންގަޕޫރުން ހިމާޔަތްދޭން އެެއްބަސްވެއްޖެ ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
މިއަދު މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ގޮތަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގަތީ ރޭ މެންދަމުގެ ވަގުތެއްގައި ލަންކާގެ އެއާފޯސްގެ މަތިންދާބޯޓެއްގައެވެ. އެއީ މަގާމުގައި ހުންނަވަނިކޮށް ހައްޔަރުކުރުން ގާނޫނުއަސާސީ ހުއްދަ ނުދޭތީ، އިސްތިއުފާ ދެއްވުމުގެ ކުރިން ގައުމު ދޫކުރެއްވުމަށެވެ.
ލަންކާގެ އެއާފޯސް އިން ބުނި ގޮތުގައި، ގޮތަބަޔާ ރާއްޖެ އައިސްފައި ވަނީ އަނބިކަނބަލުން އަދި ދެ ބޮޑީގާޑުންނާއެކުއެވެ. އަދި ރާއްޖެ ވަޑައިގެން މިވަގުތު ހުންނެވީ މާލެ ކައިރި ރިސޯޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.
ލަންކާގެ ޑެއިލީ މިރާ ނޫހުން ބުނެފައިވާ ގޮތުން، މިރޭގެ ވަގުތެއްގައި ގޮތަބަޔާ ރާއްޖެއިން ސިންގަޕޫރަށް ވަޑައިގަންނަވާނެއެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަންނަވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިރޭ ފުރާ SQ437 ފުލައިޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު