ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިއަހަރު، ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި ދިވެހިންނާ މިނާގައި ބައްދަލުކުރައްވައިފި އެވެ.
މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ހައްޖުވެރިންގެ ހާލު ބައްލަވައިލެއްވުމަށް ރައީސް ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފަޒުނާ އަހުމަދުވެސް ވަޑައިގެންނެވި އެވެ.
މިއަހަރު ރާއްޖެއިން 453 މީހަކު ހައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާ އިރު، ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މައްކާއަށް ވަޑައިގެންނެވީ ޖުލައި ހަތަރު ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު