އަޟްހާ އީދުގެ މަންޒަރެއް ފެންނަ ފޮޓޯއެއް ހިއްސާކޮށްގެން ސެމްސަން ފޯނެއް ހޯދުމުގެ ފުރުސަތު އުރީދޫ މޯލްޑިވްސް އިން ހުޅުވާލައިފިއެވެ.

އޫރީދުން މިއަދު ބުނީ، އަޟްހާ އީދާ ދިމާކޮށް ސެމްސަން ގެލެކްސީ އެސް 21 ޕްލަސްގެ 256 ޖިީބީގެ ފޯނެއް ހޯދުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

އެ ފުރުސަތުގެ ދަށުން ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކުރަން ޖެހޭނީ އެންމެންނަށް ފެންނަ ގޮތަށް ހުންނަ އެކައުންޓަކުންނެވެ. އެގޮތަށް ފޮޓޯ ހިއްސާކުރާއިރު ހޭޝްޓެގެއްގެ ގޮތުގައި #EidMajaa ބޭނުންކުރަން އުރީދޫން ވަނީ އެދިފައެވެ.

އޫރިދޫން ބުނީ، އަޟްހާ އީދާ ގުޅުވައިގެން ހުޅުވާލި އެ ފުރުސަތުގެ ދަށުން މިމަހުގެ 21 ވަނަ ދުވަހުގެ ރޭ 11:59އާ ހަމައަށް ފޮޓޯތައް ހިއްސާކުރެވޭނެ ކަމަށެވެ.