މާލެއާއި އަތޮޅުތަކުގައި އަޟްހާ އީދު ނަމާދުކޮށްފިއެވެ.

މިއަހަރުގެ އަޟްހާ އީދު ނަމާދު، މާލޭގައި ބޮޑު ޖަމާއަތުގައި ވަނީ ކޮށްފައެވެ. މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައިވަނީ މާފަންނު ސްޓޭޑިއަމްގައެވެ.

މާލޭގެ އިތުރުން ހުޅުމާލެ އާއި ވިލިމާލޭގައި ވެސް ވަނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައެވެ. ހުޅުމާލޭގައި އީދު ނަމާދުކޮށްފައިވަނީ ހުޅުމާލޭ ދުވާ ޓްރެކުގައެވެ. އަދި ވިލިމާލޭގައި އީދު ނަމާދުކޮށްފައިވަނީ ވިލިމާލޭ ފުޓުބޯޅަ ދަނޑުގައެވެ.

މާލޭ ސަރަހައްދުގެ 32 މިސްކިތެއްގައި އީދު ނަމާދުކުރި އިރު، އަތޮޅުތެރޭގެ ހުރިހާ ރަށެއްގައި ވެސް މިފަހަރު ވަނީ އީދު ނަމާދުކޮށްފައެވެ.

ކޮވިޑާ ގުޅިގެން ފާއިތުވެދިޔަ ދެ އަހަރު މާލޭ ސަރަހައްދުގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކޮށްފައެއް ނުވެއެވެ. އެހެންކަމުން މިއީ ކޮވިޑަށްފަހު މާލޭގައި ބޮޑު ޖަމާއަތުގައި އަޟްހާ އީދު ނަމާދު ކުރި ފުރަތަމަ ފަހަރެވެ.