ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ކެމްޕެއިން ރެލީއެއްގައި ވާހަކަދައްކަވަން ހުންނަވަނިކޮށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.
ބީބީސީގެ ރިޕޯޓުތައް ބުނާ ގޮތުން 67 އަހަރުގެ އަބޭއަށް ހަމަލާދީފައިވަނީ ޖަޕާނުގެ ގަޑިން މިއަދު 11:30 ހާއިރެވެ. އަދި އޭނާގެ ކަރަށާއި މެޔަށް ދެ އުންޑަ އަމާޒުވެ ހޮސްޕިޓަލުގައި ފަރުވޭދެމުން އަންނަ އިރު، ހާލު ސީރިއަސް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ޖަޕާން ފުލުހުން ވަނީ އަބޭއަށް ހަމަލާދިން 40 އަހަރުގެ މީހާ ވަގުތުން ހައްޔަރުކޮށްފައެވެ. ފުލުހުން ބުނިގޮތުގައި އަބޭއަށް ހަމަލާދީފައިވަނީ އަމިއްލައަށް ހަދާފައި އޮތް ޑަބަލް ބެރަލް 'ޝޮޓްގަން' އަކުން އޭނާގެ ފުރަގަހުންނެވެ.
އަބޭއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އޭނާގެ ހިތް ހުއްޓިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަބޭއަށް ދިން ހަމަލާ ކުށްވެރިކޮށް އަބޭގެ އާއިލާއަށާއި ޖަޕާނު ސަރުކާރަށް ތައުޒިޔާ ވިދާޅުވެ، މިއަދު ޓުވީޓެއް ކުރައްވައިފައެވެ. އެ ޓުވީޓުގައި ރައީސް ވަނީ އަބޭއަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ޖަޕާނުގެ ބޮޑުވަޒީރުކަން އަބޭ 2006-2007 އަށް އަދި 2012-2020 އަށް ކުރައްވާފައިވާ އިރު، އޭނާއަކީ އެ ގައުމުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު