އުރީދޫ މޯލްޑިވްސްއިން "ބޮޑު ޗުއްޓީ ޕެކް"ގެ ނަމުގައި ހާއްސަ އޮފާއެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ، އެ އޮފާ ތައާރަފުކޮށްފައި ވަނީ މިނިވަން ދުވަހާއި ބޮޑު އީދާ ގުޅިގެން ލިބޭ ބަންދުގައި ކޮންމެތާކު ކޮންމެވަގުތެއްގައިވެސް އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށްވެސް ހުޅުވާލެވިފައިވާ މި ހާއްސަ އޮފާގެ ދަށުން 100 ރުފިޔާއަށް ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓްކޮށްގެން 100 ޖީބީ ޑޭޓާ ތިން ދުވަހަށް ލިބޭނެއެވެ.
އުރީދޫން ބުނީ، މި ހާއްސަ އޮފާތައް މިމަހުގެ 31ގެ ރޭގަނޑު 11:59ގެ ނިޔަލަށް ކަސްޓަމަރުންނަށް ގަނެވޭނެ ކަމަށެވެ. އުރީދޫ އެޕް http://ore.do/app މެދުވެރިކޮށް ނުވަތަ *929*1# އަށް ގުޅައިގެންވެސް ޕެކް އެކްޓިވޭޓްކުރެވޭނެއެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލުމަށް 100GB ޖެހުމަށްފަހު 5555 އަށް އެސްއެމްއެސް ފޮނުވުމުންވެސް ޕެކް އެކްޓިވޭޓްވާނެއެވެ.
"ބޮޑު ބަންދުތެރޭ ޗުއްޓީ ހަދާލަން ރަށަކަށް ދިޔަޔަސް ނުވަތަ އާއިލާއާއެކު ވަގުތު ހޭދަކޮށްލަން ގޭގައި ޗުއްޓީ ހޭދަކުރިޔަސް އަޟްހާ އީދަކީ ކުލަގަދަކޮށް ފާހަގަކޮށް ހާއްސަ އުފާވެރިކަމަކުން ފުރިގެންވާ ޗުއްޓީއެއް. މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންނަށް، ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އިތުރަށް ގުޅުވާލަދިނުމަށް، ޗުއްޓީގެ ތެރެއިން ކުލަގަދަ އަދި އުފާވެރި ވަގުތުތައް ހިއސާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން މި ހާއްސަ އޮފާ ކަމުދާނެކަމަށް އުއްމީދުކުރަން." އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު