މިއަހަރުގެ އަޟްހާ އީދު ނަމާދު ކުރާނީ ބޮޑު ޖަމާއަތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ބުނީ، އަޟްހާ އީދު ނަމާދުގެ ބޮޑު ޖަމާއަތް މާލޭގައި އޮންނާނީ މާފަންނު ސްޑޭޑިއަމްގައި ކަމަށެވެ. ހުޅުމާލޭގައި އީދު ނަމާދު ކުރުން އޮންނާނީ ސްޓޭޑިއަމް (ސިންތެޓިކް ޓްރެކް) އަދި ވިލިމާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި އޮންނާނީ ބޯޅަދަނޑުގައި ކަމަށް ބުންޏެވެ.

އީދު ނަމާދަށްދާއިރު ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައަކާއި ފެންފުޅިއެއްގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ހިފައިގެން ދިއުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މިނިސްޓްރީން ބުނީ، ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމަށް ނިންމި ނަމަވެސް މޫސުން ތަންނުދޭ ނަމަ އީދު ނަމާދުކުރުން އޮންނާނީ މިސްކިތްތަކުގައި ކަމަށެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ އަންނަ ހޮނިހިރު ދުވަހެވެ.