ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ރަށްރަށުގެ 200 ވުރެ ގިނަ ގެއަށް ލޮނު ވަދެފައިވާ ކަމަށެވެ. އަދި ގދ. މަޑަވެލީގެ 90 ޕަސަންޓް ގެއަށް ލޮނު ވަން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، ދުނިޔެ ހޫނުވަމުންދާތީ ކުރިމަތިވާ މޫސުމީ މައްސަލަތަކާ އެކު ރާއްޖޭގެ ދަރަނީގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށެވެ.
"މިކަމުގެ ސަބަބުން (މޫސުމީ މަައްސަލަތަކުގެ ސަބަބުން) ރާއްޖޭގެ ދަރަނި އިތުރަށް އިތުރުވާނެ،" ނަޝީދު ވިދާޅުވިއެވެ.
ތިމާވެށީގެ މައްސަލަތަކުގައި ނަޝީދު އަންނަނީ ދުނިޔޭގެ އެކިއެކި ފޯރަމްތަކުގައި ވަކާލާތުކުރައްވަމުންނެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުގެ ވަރަށް ގިނަ ރަށްތަކަށް ވަނީ އުދައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ބައެއް އާއިލާތަށް ވަގުތީ ހިޔާތަކަށްވެސް ބަދަލުކުރަން ޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު