ފާހިޝް އަމަލުތައް ހިންގުމަށް ހިތްވަރުދީ އުޅޭ މީހުންނާއި އެ ކަންކަން މަނާކުރުމަށް މަސައްކަތް ނުކުރާ މީހުންގެ މައްޗަށް މާތް اللهގެ ކޯފާ އައުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ފާހިޝް އަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫއަށް ދިން ހުކުރު ހުތުބާގައި ބުނީ, އިންސާނަކަށްވީތީ އޭނާގެ ކިބައިގާ ލައްވާފައިވާ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ޖިންސީ އަރީޒާ ހިމެނޭ ކަމަށާއި އެ ކަމަށް އިޖާބަދޭނެ ޝަރުއީ މިންގަނޑެއްގެ ގޮތުގައި މާތް الله ކަނޑައަޅުއްވާފައިވަނީ ޝަރުއީ ކައިވެނި ކަމަށެވެ.
އަދި ޒިނޭއާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކާ ގާތް ނުވުމަށް الله އަންގަވާފައިވަނީ އެކަންކަމުގެ ނުބައިކަމާއި އޭގެ ސަބަބުން ދެ ދުނިޔޭގައި ކުރިމަތިވެދާނެ ގެއްލުންތަކާއި ފާފައިގެ ބޮޑުކަމުން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާއި ވަބާތަކާމެދު ވިސްނާލާއިރު އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށާއި އެފަދަ ބަލިތައް އިންސާނުންގެ ތެރޭގައި ފެތުރެނީ އިންސާނުން އަމިއްލައަށް ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު