އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫއުތައް އެޑްވާންސްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާ ދީފިއެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ބުނީ، އެ ފައިސާ ދިވެހި ސަރުކާރާ ހަވާލުކުރީ މިއަދު ކަމަށެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު މިދިޔަ މާޗް މަހު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުގައި ވިދާޅުވެފައިވަނީ، އިންޑިއާއިން ރާއްޖޭގައި ހިންގާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ދަށުން 27 މަޝްރޫއެއް ހިންގުމަށް ނިންމައިފައިވާ ކަމަށެވެ. އެ މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެޕްރީލް މަހުއެވެ.
އެ މަޝްރޫއުތަކަށް 155 މިލިއަން ރުފިޔާގެ ހިލޭ އެހީ އިންޑިއާ ސަރުކާރުން ހަމަޖައްސައިދިނުމަށް ވަނީ ނިންމައިފައެވެ.
- ހުޅުމާލޭ ހޮސްޕިޓަލްގައި އޯތޮޓިކްސް އަދި ޕްރޮސްތެޓިކްސް މެނުފެކްޗަކުރަން ވޯކްޝޮޕެއް ހެދުން
- ކުޅުދުއްފުށި ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓް ހެދުން
- ނ. މަނަދޫ ސްޕޯޓްސް ކޮމްޕްލެކްސް ހެދުން
- ނ. ލަންދޫގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކުރުން
- އދ. ދިގުރަށާއި ގއ. ގެމަނަފުށީގައި ޔޫތު ސެންޓަރު ހެދުން
- ތ. ދިޔަމިގިލީގައި ހުރި އާސާރީ ބައެއް ތަންތަން މަރާމާތުކުރުން
- އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ހެދުން
ޚަބަރު
ޚަބަރު
ޚަބަރު