ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިއަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގައި ހަމަލާދިން މީހުންގެ މައްސަލަ ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދި ކުޑަ ކޮމިޓީގެ މަސައްކަތް ވަޒީރުންގެ މަޖިލީހާ ހިއްސާކުރައްވައިފިއެވެ.
ޔޯގާ ހަމަނުޖެހުމުގެ މައްސަލަ ވަޒީރުންގެ މަޖިލިސް ތެރެއިން ސަބް ކޮމިޓީ، ކުޑަ ކޮމިޓީއެއް ރައީސް ސޯލިހު އުފެއްދީ މިދިޔަ އަންގާރަ ދުވަހުއެވެ.
- އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
- އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
- ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ
- އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު
- ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން
- ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
- ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު
ރައީސް އޮފީހުން މިއަދު ބުނީ، މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ޔޯގާ ހަރަކާތަށް ހުރަސްއަޅައި އެ ހަރަކާތުގައި ބައިވެރިންނާ ދެކޮޅަށް އެތަނަށް ބަޔަކު ވަދެ ހިންގި ކަންކަމާ ގުޅޭ ފަހުގެ މައުލޫމާތު ވަޒީރުންގެ މަޖިލީހާ، ރައީސް ސޯލިހު ހިއްސާ ކުރައްވައިފައިވާ ކަމަށެވެ.
ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ކުރިއަށް ގެންދަނިކޮށް ބަޔަކު ދަނޑަށް ވަދެ، "ﷲ އަކްބަރު" އޭ ގޮވަމުން ދުވަމުން ގޮސް ޔޯގާ ހަދަން ތިބި މީހުން ބޭރަށް ނުކުތުމަށް ގޮވައި އިންޒާރު ދީފައިވެއެވެ. އެހެންކަމުން މީހުން ވަނީ އެތަން ދޫކޮށް ގޮސްފައެވެ.
އެ ހަމަނުޖެހުމާ ގުޅިގެން 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި އެންމެންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އިރު، އެ ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު