ހައިކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމިނަލް ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރްޔަމް ނިހާޔަތު ކުރިމަތިލައްވައިފިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފައި ވަނީ މިމަހުގެ 14 ވަނަ ދުވަހު މިއަދަށް މުއްދަތު ހަމަވާ ގޮތަށެވެ.
ޖޭއެސްސީން ބުނީ، މުއްދަތު ހަމަވިއިރު، ހައި ކޯޓުގެ ފަނޑިޔާރުކަމަށް ގާޒީ ދީބާނާޒް އާއި ނިހާޔަތުގެ އިތުރުން ހަ ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.
އެ ބޭފުޅުންނަކީ ސިވިލް ކޯޓުގެ ގާޒީ ޒުބައިރު މުހައްމަދާއި ޓެކްސް އެޕީލް ޓްރައިިބިއުނަލްގެ ކުރީގެ މެމްބަރު އާއިޝަތު އަޒުފާ އަބްދުލްއަފޫރާއި ޕީޖީ އޮފީހުގެ ކުރީގެ ވަކީލް ޝުކުރުالله ޝަކީލާއި ސިވިލް ކޯޓުގެ ގާޒީ ހާފިޒާ އަބްދުއްސައްތާރު އާއި ފ. ބިލެއްދޫ, މޯނިންގްވިލާ, މުހައްމަދު ސަލީމްގެ އިތުރުން ނައިފަރު ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު މޫސާއެވެ.
ޝުކުރުﷲ ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމަށް މީގެ ކުރިން ހުޅުވާލި ފުރުސަތުގައި، މިދިޔަ މެއި މަހު ކުރިމަތިލައިފައެވެ. ނަމަވެސް އެ މަގާމަށް ޖޭއެސްސީން އައްޔަންކުރީ ފެމިލީ ކޯޓުގެ އިސް ގާޒީ ހުޒެއިފާ މުހައްމަދެވެ. ހުޒެއިފާ މިިއަދު ވަނީ ހައި ކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގެންފައެވެ.
ހައިކޯޓަށް ދެ ފަނޑިޔާރަކު ހޯދަން އިއުލާން ކޮށްފައި ވަނީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އިސްތިއުފާ ދެއްވުމުންނާއި ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރުމަށް ރައްޔިތުން މަޖިލީހުން ފާސް ކުރުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު