އަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް ޑިމާންޑު ބޮޑުވެ މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ ދަތުރުތައް އިތުރުކުރަން ފަށައިފިއެވެ.
އެގޮތުން ޏ. ފުވައްމުލައް، ލ. ކައްދޫ، ތ. ތިމަރަފުށި، ބ. ދަރަވަންދޫ، ށ. ފުނަދޫ، ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުއްޓަށް އިތުރު ފްލައިޓުތައް ބާއްވަން މޯލްޑިވިއަނުން ވަނީ ނިންމައިފައެވެ.
މޯލްޑިވިއަނުން ބުނީ އުތުރުގެ ދަތުރުގެ ޑިމާންޑަށް ބަލައި މިމަހުގެ 27 އަދި 29 ގައި މާލެ-ކުޅުދުއްފުށި-މާލެއަށް އިތުރު ދެ ފްލައިޓް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 28 ވަނަ ދުވަހު މާލެ-ކުޅުދުއްފުށި-ހޯރަފުށި-މާލެއަށް އިތުރު ފްލައިޓެއް ބާއްވަން ހަމަޖެހިފައިވާ އިރު މި މަހުގެ 30 ވަނަ ދުވަހު މާލެ-ފުވައްމުލައް-މާލެއަށްވެސް އިތުރު ފްލައިޓެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ބުންޏެވެ.
މޯލްޑިވިއަނުން ވަނީ، ފުނަދޫ، ހޯރަފުށި، ތިމަރަފުށި އަދި ކައްދުއަށްވެސް އިއްޔެ އިތުރު ފްލައިޓުތަކެއް ބާއްވައިފައެވެ. އަދި އީދު ދުވަހާ ދިމާކޮށް އަންނަ މަހުގެ ފަސް ވަނަ ދުވަހު ބ. ދަރަވަންދޫއަށް ހާއްސަ ފްލައިޓެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ އެއާލައިނުން ބުނެއެވެ.
މޯލްޑިވިއަނުން ބުނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 16 އަށް ޑިމާންޑަށް ބަލައި އީދު ބަންދާ ދިމާކޮށް އިތުރު ފްލައިޓުތައް ބާއްވާނެ ކަމަށެވެ.
އަންނަ މަހު އީދު ބަންދުގެ އިތުރުން ސްކޫލުގެ ބޮޑު ޗުއްޓީވެސް ފެށޭނެއެވެ. އެހެންކަމުން އަންނަ މަހު ގިނަ އަދަދެއްގެ ބަޔަކު ރަށްރަށަށް ދަތުރުކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު