ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުންޏަށް އދ. ފެންފުށީ ފަޅުގެ ބޮޑު ބައެއް ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.
ވިލާ ޝިޕިން އެންޑް ޓްރޭޑިންއަށް ދޫކޮށްފައިވާ ތ. އެލާ ހިމަނައިގެން އެ އަތޮޅު ވޭމަންޑޫއާއި ކިނބިދުއާ ދެމެދު ކޯސްވޭ އެޅުމަށް ނިންމާފައިވާތީ އެލާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ފެންފުށީ ފަޅު ދިނުމަށް ގާސިމު ވަނީ އެދިވެޑައިގެންފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ޚުއްސާން 'ވަން' އަށް ވިދާޅުވީ ފެންފުށީ ފަޅުން ބައެއް ގާސިމުގެ ކުންފުންޏަށް ދިނީ އެ ކުންފުންޏަށް ދޫކޮށްފައި އޮތް ތ. އެލާގެ ބަދަލުގައި ކަމަށެވެ.
އެގޮތުން ގާސިމުގެ ކުންފުންޏަށް ފެންފުށީ ފަޅުން ބޮޑުފިނޮޅުގެ ހުޅަނގަށް އޮންނަ ބައި ދިނީ މިދިޔަ އޭޕްރީލް މަހުގެ 18 އިން ފެށިގެން 99 އަހަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ވިލާގެ ސަން އައިލެންޑް ރިސޯޓާއި އެއްފަޅެއްގައި އޮންނަ އެ ސަރަހައްދުގައި ރިސޯޓް ހެދުމުގެ މަސައްކަތް ވިލާއިން އަދި ފަށާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު